Saturday, December 31, 2011
Thursday, December 8, 2011
Ma'aaf 3 (Final)
މަޢާފް
( 3 ވަނަ ބައި )
ލިޔުނީ: ޔުމްނާ ރަޝާދު ( ބ. މާޅޮސް )
ނިރާޝާގެ އެއްވެސް ޚަބަރެއްނުވާތީ ނަޢުޝާދު ހުންނަނީ ވަރަށް
ކަންބޮޑުވެފައެވެ. ގުޅޭނެ ގޮތެއް އަދި ދިމާވާނެ ގޮތެއްވެސް ނަޢުޝާދުއަކަށް
ނޭގެއެވެ. ކޮންމެވެސްގޮތެއްގައި ނަޢުޝާދު ނިރާޝާއަށްވީ ގޮތް ނޭގިގެން އުޅޭކަން
އަންގައިދިނުމުގެ ގޮތުން ނިރާޝާއަށް ދެތިން ސޓީވެސް ވަނީފޮނުވާފައެވެ. ނަމަވެސް
ޚަބަރެއް ނުވިއެވެ. އެހެންކަމުން ނަޢުޝާދުއަށްޖެހުނީ ނިރާޝާއަށް ވީގޮތްނޭގި އޭނާގެ
އިންތިޒާރުގައި ހުންނާށެވެ.
ދުވަސްތައް މާޒީއާއެކުވަމުންދެއެވެ. އޭގެ ތިންމަސް ދުވަސްފަހެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިމި ދާއިމީނަތީޖާ އިއުލާނުކޮށްފިއެވެ. މޫސަ ލ
އަތޮޅު
Wednesday, December 7, 2011
Majalakah kuri dhathuru
ސަމާސާ އަދަބު:
މަޖަލަށް ކުރި ދަތުރު . . .

ކޮންމެ އަކަސް މިދިޔަ
އަހަރުގެ ބޮޑުބަންދު ޗުއްޓީގެ މިދެންނެވުނު ދުވަސްވަރު އައުމާއެކު، ކުރިން
މިދެންނެވުނުފަދަ ޕްލޭންތައް ރާވަން ފަށައިފީމެވެ. އެކުވެރި
Saturday, November 26, 2011
Sentufulhiehge Ihusaas
ސެންޓް ފުޅިއެއްގެ އިހުސާސް...............
ޔުމްނާ ރަޝާދު. ބ. މާޅޮސް
ފްރާންސްގެ ވެރިރަށް ޕެރިހުގައިހުރި ކާރުޙާނާއެކެވެ. އަޑުގަދަ ކަމުން
ދެކަންފަތުގެ ތޫރި ފަޅައިގެންދާވަރުވެއެވެ. ދުނިޔެއަށް ނޭވާލެވުނު ފުރަތަމަ ދުވަހު
އިވެންފެށި މިއަޑުތަކުކުން ، ދުނިޔެއަކީ ކިހާވަރެއްގެ ތަނެއްބާއޭ ހިތަށްއެރިއެވެ.
އަދިމިއީ ދާއިމަށް އިވެމުންދާނެ އަޑުތަކެއްބާއޭވެސް ހިތަށް އެރިއެވެ. ވަށައިގެންވާ
މާހައުކަށް ނަޒަރުހިންގާލީމެވެ. ތަފާތު އެތައްބައިވަރު ވައްތަރުގެ މެޝިންތަކެއް
ފެނުނެވެ. ތަފާތު އިސްކޮޅާއި ތަފާތު ކުލަކުލައިގެ މެޝިންތަކެކެވެ. ހައިރާންވެ
އަންތަރީސް ވެވުނެވެ. އެމެޝިންތައް މަސައްކަތްކުރާ ގޮތް ފެނުމުންނެވެ. ހާދަހާވާ
ކުޅަދާނައެވެ.
Monday, November 21, 2011
Nethidhiumah fahugae 2
ނެތިދިޔަފަހުންނެވެ...
ލިޔުނީ: މުޙައްމަދު ޝާހީން
(ޝާންޓޭ)
އެރޭ އީނާޝްއާ ބައްދަލުކުރުމަށްފަހު
ހައިޝަމް ގެއަށް އައިއިރު އޭނާއަށް ގޮތްނޭނގޭ ވަހުމްތަކެއް ކުރެވި އެތައް
ސުވާލުތަކަކުން ސިކުނޑިއަށްވަނީ ބަރުވެފައެވެ. ކުރިން ގެއިން ލިބެމުންއައި
ނުތަނަވަސް ކަމުގެ ބަދަލުގައި މިހާރު އެހެން ނުތަނަވަސްކަމެއް އިތުރުވެއްޖެއެވެ.
ހައިޝަމް އަށް ތަކުރާރުކޮށް ވިސްނެމުންދިޔައެވެ. އީނާޝްއާ ފުރަތަމަ ވާހަކަ ދެއްކި
ދުވަހު އީނާޝް ދެއްކި އާދަޔާ ޚިލާފު ވާހަކަތަކާމެދުގައެވެ. ރައްޓެހިވެގެން މިވީ
ދުވަސްކޮޅުގެ ތެރޭގައި ކަންތައް ވަމުން އައި އާދަޔާ ޚިލާފު ގޮތްތަކާމެދުއެވެ.
ފުރަތަމަ
Saturday, November 19, 2011
Friday, November 18, 2011
Ma'aaf 2
މަޢާފް
( ދެވަނަ ބައި )
މޫސަ އައިސް އެންމެ
ފުރަތަމަ ވާހަކަދެއްކީ ނަޢުޝާދު އާއެވެ. "މީގެފަހުން މަގޭ ދަރިފުޅާއެކު
ހުއްޓައި ފެނިއްޖެނަމަ ދުވަސް ދުއްވާލާނަން. ހަނދާންކުރާތި! އަދި ނިރާޝާއަކީ
ނަޢުޝާދުގެ ހަޔާތުގައި ދިމާވެފައިވާ މީހެއްކަންވެސް ހަނދާން ނައްތާލުން
ބުއްދިވެރި." މިހެންބުނުމަށްފަހު ނިރާޝާގެ އާދޭސްތަކަށް
ބީރުކަންފަތެއްދެމުން، މޫސަ އޭނާގެ ހުރި ހަމައެކަނި ދަރިފުޅުގެ އަތުގައިހިފާ
ރަނބިކޫއްތަމުން ކަހަލަގޮތަކަށް ގެންގޮސް ގެއަށް ވެއްދިއެވެ.
އެދުވަހަށްފަހު
ދެމީހުންގެ ބައްދަލުވުންތައް މުޅިންހެން މެދުކެނޑިގެން ދިޔައެވެ. އެހެންނަމަވެސް
ފޯނުގެ އެހީގައި ދެމީހުންވެސް އެކަކު އަނެކެއްގެ ހާލުއަހުވާލު ބަލަމުން
ގެންދެއެވެ. ކެމްޕެއިންގެ ފޯރި ގަދަވަމުން ދިޔަ ދުވަސްވަރެވެ. މޫސައާއި ޒާހިޔާ ލ.
އަތޮޅަށް ދިޔުމުގެ ތައްޔާރީތައް ވަމުންދިޔައެވެ. އެހެންނަމަވެސް ނިރާޝާ
Monday, November 14, 2011
Vafaatheri Beyvafaatheriyaa
ވަފާތެރި
ބޭވަފާތެރިޔާ
ނޯޓް: މިއީ ދިވެހިބަސް ކިޔަވައިދިނުމުގެ ޑިޕްލޮމަރ ކޯސް 2011 ގެ ދަރިވަރުން
ކުލާހުގައި ގްރޫޕްތަކުގައި ކުރި މަސައްކަތުގެ ތެރެއިން، ގްރޫޕަކުން ލިޔެފައިވާ ވާހަކައެކެވެ.

އެދުވަހުގެ އިރު
ދުނިޔެއަށް އަލްވަދާއުކީ ރީމާއާއި ނިޔާޒުގެ ހަޔާތުގެ އާސަފްހާއެއް
ފަށައިދެމުންނެވެ. ދެމަފިރިންގެ ގޮތުގައެވެ. ކައިވެނީގެ މިއުފަލުގައި ބޭއްވި
ހަފްލާ ވެގެން ދިޔައީ ދެމީހުންގެ މިއާހަޔާތުގެ، އާފެށުމަށް ގެނުވި އުފާވެރިކަމަކަށެވެ.
Friday, November 11, 2011
Nethidhiya fahunneve.
ނެތިދިޔަފަހުންނެވެ...
(ފުރަތަމަ ބައި)
ލިޔުނީ: މުޙައްމަދު ޝާހީން (ޝާންޓޭ)
އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު
އޮއްސެންދަނީއެވެ. މިފަދައިން ތަކުރާރުކޮށް ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން
ދާނެއެވެ. އިރުގެ ގަދަ އަލިކަން ފަނޑުވެ ދުނިޔެއަށް އަނދިރިކަން ވެރިވަނީއެވެ. ނަމަވެސް
ހައިޝަމްގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލެއް ނާދެއެވެ. އެއެކަނިވެރިކަމާއި
މާޔޫސްކަމެވެ. ހާސްކަމާއި ނުތަނަވަސްކަމެވެ. އާދައިގެ މަތީން މިއަދުވެސް ހައިޝަމް
އެއިނީ، އޮއްސެމުންދާ އިރާއެކު، އުދަރެހަށް އަރާފައިބަމުން އެދާ ކުލަތަކާއި،
ސާފުމޫދަށް ގެނުވާ ރަންދޯދީގެ ޖަރީކަމާއި، ޖެހޭ ހިތްގައިމު ވައިރޯޅީގެ
ބީހުންތަކާއި، ގަސްގަހާގެހީގެ ހެލުންތަކުން
އުފައްދަމުންދާ ހަމަހިމޭން މިއުޒިކުގެ އަޑުން ހިތްހަމަޖެހުން ހޯދުމަށް ސާފު ދޮންވެލި
ތުނޑީގައި
Thursday, November 10, 2011
Ma'aaf 1
މަޢާފް
( ފުރަތަމަ ބައި )
ލިޔުނީ: ޔުމްނާ ރަޝާދު ( ބ. މާޅޮސް )
ބުރުހަމަ ހަނދާއި
ތަރިތަކުގެ ރިހި ދޯދިން ދުނިޔެ ގިރިޓީ ކުރަމުންދަނީ ކަނޑުގެ ލޮނުގަނޑުގައި ރިހި
ދޫލައެއް އަޅަމުންނެވެ. ޖެހެމުންދާ މަޑުމަޑު ވައިރޯޅިއާއެކު ގޮނޑުދޮށަށް ބީއްސަމުންދާ
ރާޅުތަކުގެ މިޔުޒިކުގެ އިތުރުން، މުޅި މާހައުލުގައިވާ ފަތްތަކުގައި ލުއިލުއި ނެށުމެއް
އުފައްދާފައިވެއެވެ. އެހެންނަމަވެސް ރުއްފާތެރޭގައި ހުރި ޖޯލިފަތީގައި
އިށީންދެއިން ޒާހިޔާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުން އެއީ
ކޮންމެވެސްކަހަލަ ބޮޑު މުސީބާތެއް ދިމާވެފައިވާ މީހެއްކަން ހާމަވަމުންދާ
ކަހަލައެވެ.
އެއީ މީގެ ތިރީހަކަށް
އަހަރު ކުރިއެވެ. މޫސައާއެކުގައި ތަނަވަސް އުފާވެރި ދިރިއުޅުމެއް އުޅެމުންދިޔަ
ދުވަސްތަކެކެވެ. ޒާހިޔާއަކީ އެންމެ ޅައުމުރުން ފެށިގެންވެސް ތަނަވަސް
ދިރިއުޅުމަކަށް ލޯބިކުރާ އަދި އެފަދަދިރިއުޅުމެއްގެ އިންތިޒާރުގައި ހުރި މީހެކެވެ.
މާލޭގެ އެންމެ ފާހަގަކޮށްލެވޭ މަދަރުސާތަކުން ތަޢުލީމު ހާޞިލުކުރުމަށްފަހު
Sunday, October 23, 2011
Saturday, October 22, 2011
FINAL EXAM TT
FINAL EXAM TIME TABLE of Dip.DLT 2011 (MNU)
30th OCT 2011
08:30 - 11:30 ( 3 hour )
DHI107 (Adam Zahir)
31st OCT 2011
13:00 - 15:30 ( 2.5 hour )
CST247 (Hameeza Afeef)
01st NOVEMBER 2011
08:30 - 11:00 ( 2.5 hour )
EST103 (Sharudha)
(Soft copy of Time Table available to download in "LAIBRARY" page.)
30th OCT 2011
08:30 - 11:30 ( 3 hour )
DHI107 (Adam Zahir)
31st OCT 2011
13:00 - 15:30 ( 2.5 hour )
CST247 (Hameeza Afeef)
01st NOVEMBER 2011
08:30 - 11:00 ( 2.5 hour )
EST103 (Sharudha)
(Soft copy of Time Table available to download in "LAIBRARY" page.)
Wednesday, October 19, 2011
Thursday, October 13, 2011
Tuesday, October 11, 2011
Teachers' Day Dinner Night (FE)
Teachers' Day Dinner Night (FE)
VIDEO
VIDEO
Sunday, October 9, 2011
Saturday, October 8, 2011
Teachers' Day Special Song
Mi lava hahdhavai dhevvaafaivany FE ge dharivaru Hussain Naeem.
Mi lava kiyuvvaafaivany FE ge dharivarun kamahvaa Shafaza, Amany adhi Sihana..
Mi faraaithakah Haassa Shukureh dhannavan..
You can download this Songs from the below link.. Just Click..
Teachers' Day Songs
(mi lava vagulu kohgen viyafaaryge gothugayaai enoonves nahama gothehgai beynunkurumaky manaakameh)
Mi lava kiyuvvaafaivany FE ge dharivarun kamahvaa Shafaza, Amany adhi Sihana..
Mi faraaithakah Haassa Shukureh dhannavan..
You can download this Songs from the below link.. Just Click..
Teachers' Day Songs
(mi lava vagulu kohgen viyafaaryge gothugayaai enoonves nahama gothehgai beynunkurumaky manaakameh)
Friday, October 7, 2011
Teachers' Day Celebration
Teachers' Day Celebrate kurumah FE ge Student Association in Inthizaam kohgen mireygai Dinner night eh FE ge PE hall gai beyvvi.. Mi Event ge Ceremony Master aky Alhugandu.. Mirey alhuganduge kiyavamundhaa class (Dip.DLT 2011) ge dharivaruge faraathun DRAMA ehves hushahelhi.. Mi Drama gaives Alhugandu baiverivin.. This is the most exited night with my class mates.. Thank u all...
(I will upload the photos of the events of Teachers' Day celebration in FE)...
-Mohamed Shaheen (Shaantey)
Wednesday, October 5, 2011
Tuesday, October 4, 2011
Teachers' Day
FE Student-Teachers' are preparing to Celebrate Teachers' Day...
Teachers' Day Events
1. Special Assembly 5th Oct 2011 08:00 FE Compound
2. Dinner Night 8th Oct 2011 20:00 PE Hall
Teachers' Day Events
1. Special Assembly 5th Oct 2011 08:00 FE Compound
2. Dinner Night 8th Oct 2011 20:00 PE Hall
Saturday, September 17, 2011
Saturday, September 3, 2011
ކަޅު ވިލާގަނޑު
ކަޅު ވިލާގަނޑު
ލިޔުނީ: އާމިނަތު ނާޒުނީން / ތ.ހިރިލަންދޫ
އެތައް ދުވަހެއްގެ ދިގު އިންތިޒާރަކަށްފަހު، މަންމައާއި ބައްޕަގެ ޙަޔާތުގެ ބަގީޗާގައި ފޯދުނު އެންމެ ފުރަތަމަ ފިނިފެން މަލެވެ. ކޮންމެ ދުވަހަކު ފެނާ ކާނާ ދީ، އެ މާ ފޮޅުވުމަށްޓަކައި ބުރަ މަސައްކަތް ކުރެއެވެ.
Tuesday, August 30, 2011
Friday, August 12, 2011
ނުބައި ނަންބަރެއް 2
2 ނުބައި ނަންބަރެއް
ފުރަތަމަ ބައިގެ ތެރެއިން....
Thursday, August 11, 2011
Sunday, August 7, 2011
ނުބައި ނަންބަރެއް
ނުބައި ނަންބަރެއް
ފުރަތަމަ ބައި
ސައިކަލަށް އަރާ ސްޓާޓްކޮށްލުމާއެކު ކުއްލި ލަތްކަކާއެކު ސައިކަލު ބާރު ސްޕީޑްގައި ދުއްވާލީމެވެ. ފަހަތުގައިއިން އެކުވެރިޔާއަށް ލިބުނު ސިހުން ވެގެންދިޔައީ އަހަރެންނަށް ލިބުނު އުފަލަކަށެވެ. ހިންހަމަޖެހުމަށެވެ. ހިނިގަނޑެއް ޖަހާލީމެވެ. ފުލުފުލުން އީނާޒު އާއި ކަމާލް ފަހަތުގައި ދެއެކުވެރިން ލައިގެން ސައިކަލުގައި ނައްޓާލިއެވެ. އަހަރެމެންގެ މިސްރާބުހުރީ ޑައިނަމޯއާ ދިމާލަށެވެ. ތަނަކަށް ދާން ލަސްވެގެން ދާބައެއްފަދައިން އަހަރެމެން ސައިކަލް ދުއްވަމުން ދިޔައީ އިންތިހާދަރަޖައަށް ބާރު ސްޕީޑެއްގައެވެ.
Saturday, August 6, 2011
Sunday, July 31, 2011
Thursday, July 28, 2011
މާޒީގެ ފޮނި ހަނދާން
މާޒީގެ ފޮނި ހަނދާން
ލިޔުނީ: އާމިނަތު ނާޒުނީން / ތ.ހިރިލަންދޫ
ދުވަސް މާޒީގެ ވާ އެހަނދާން، އުޅުނު ލޯބީގެ ރަންވި ޒަމާން
ނުވަން ދެގޮތެއް ތިލޯބީގައި، ކުރިން އުންމީދު މިލްކެއްވުން
ވިދާ ތަރިތައް އެކީ އިރު ހަނދު، އެރޭ ހެކިކޮށް ކުރީ ވަޢުދެއް
ވެދާންދެން މަރު ތިބާއާއެކު، އުޅެން ލޯބިން ނުވާ ދެގޮތެއް
ހިތާ ޖާނާ އެކީ ހިބައިން، ކުރީ ޤުރުބާން ތި ޖާދޫގައި
އިތާގެ މުތެއް ކަމަށް ހިތަމުން، ނުހަނު މަތިވެރިވި އިއްޒަތުގައި
ހުވާތައް އޭރުކުރި ގިނަގުނަ، ކޮބާހޭ އަދު ހަނދާން ނެތްހޭ
ފަވާލި އެނަން މިއަދު ފަނޑުވީ، މަގޭ އެއްވެސް ކުށެށް ވޭހޭ
Note: This Lhen is also in "Dip.DLT 2011" page
Tuesday, July 26, 2011
Monday, July 25, 2011
ދަރިފުޅާއެވެ! މިދުނިޔެއަށް މަރުޙަބާއެވެ!
ލިޔުނީ: އަޙުމަދު މުޖުތަބާ، ތުޅާގިރި / ރ.އުނގޫފާރު
ދަރިފުޅާއެވެ! ދަރިފުޅު މިދުނިޔެއަށްލީ ފުރަތަމަ ނޭވާއާއިއެކު ތެޅިތެޅިއޮތް ބައްޕަގެ ހިތައް ފިނިކަން ގެނުވާފީމުއެވެ. އެތައް ދުވަހެއް ވަންދެން ބައްޕަކުރި އިންތިޒާރަށް ނިމުމެއް ގެނުވާފީމުއެވެ. ދަރިފުޅު ނުފެނިގެން ނިދިނައި ބައްޕަގެ މިދެލޮލަށް ދަރިފުޅު ފެނުމުންވެސް ނިދިނައީ ބައްޕައަށް ލިބުނު އުފަލުގެ ބޮޑުކަމުންނެވެ. ދަރިފުޅުގެ ރުއިމުގެ އަޑާއިއެކު 9 މަސް ވަންދެން މަންމަ އުފުލި ވޭނާއި ތަދުވެސް ހަނދާންނެތިފައިވާ ކަހަލައެވެ. އެދުވަހު މަންމަގެ މޫނުމަތިން ފެނުނު ފަދަ އުޖާލާކަމައި އުފާވެރިކަމެއް އޭގެ ކުރިއަކުން އެމޫނަކުން ބައްޕައެއް ނުދެކެމެވެ. އެލުއި ހިނިތުންވުމުން ފާޅުވާން ހުރީ ދަރިފުޅާއި މެދު އެމަންމަގެ ހިތުގައިވާ ފޮނި އުއްމީދުތަކާއި ހުވަފެން ތަކެވެ.
ދަރިފުޅާއެވެ! ބައްޕަގެ އަތުގައި ދަރިފުޅު ފުރަތަމަ ޖެހުމާއި އެކު ކުރެވުނު އިހްސާސްތައް ކިޔައިދެން ހެއްޔެވެ! ބައްޕަގެ އަތުގައި ދަރިފުޅު ޖެހުމާއި އެކު ހިތްވަރުގަދަ ކޮއްގެން ހުރި ބައްޕަގެ ހަށިގަނޑު ފިނިވެ، އަތްފައި ތުރުތުރު އަޅައި ގޮތްވިއެވެ. އަޑު ކުރަކިވެ، ކަކޫކޮޅުން ބާރު ދޫވާގޮތްވިއެވެ. ކަރުނައަށް އަބަދުވެސް ނަފްރަތުކުރާ މިބައްޕަގެ ލޮލުން ކަރުނަ ހިލުނީ ބައްޕަގެ އަމިއްލަ އިހްތިޔާރަކުނޫނެވެ. ނަމަވެސް އެއީ ހިތާމަޔާއި މޮޅިވެރިކަމުގެ ކަރުނައެއްނޫނެވެ. އެއީ އުފާވެރިކަމުގެ ކަރުނައެވެ. ކަރުނައަކީވެސް ކިހާ ފޮނިއެއްޗެއްކަން ބައްޕައަށް އިހްސާސްކުރެވުނީ އެދުވަހުއެވެ. މިދުނިޔޭގައި އުފާވެރިކަމުގެ ކަރުނައެއް ވައްޓާލުމަކީ ކޮންމެ މީހަކަށް ލިބޭނެ އުފަލެއްނޫނެވެ. މިދުނިޔެއަކީ އެހާވެސް ކެހިވެރިކަން ބޮޑު ތަނެކެވެ. މިދުނިޔޭގައި ގިނަ މީހުން ރޮއި ކަރުނައަޅާނީ ހިތާމައިގައެވެ. އުފަލަކު ނޫނެވެ.
ދަރިފުޅާއެވެ! ދަރިފުޅަށް މިދުނިޔެއަށް ބައްޕަ މަރުހަބާ ކިޔާއިރު ބައްޕަ ދައްކަންހުރި ވާހަކަތައް ވަރަށް ގިނައެވެ. ދޭންވެފައިހުރި ނަސޭހަތްތައް އެހާ ގިނައެވެ. ހިއްސާކުރަން ބޭނުންވެފައި ހުރި ތަޖްރިބާތައް ވަކިން ގިނައެވެ. މިދުނިޔޭގައި ބައްޕަ ހޭދަކުރި ކޮންމެ ދުވަހަކީ ދަރިފުޅު މިދުނިޔޭގައި އުޅެން އޮތް ކޮންމެ ދުވަހަކަށް މަގުއަލިކުރާ ވޮށެއްކަމުގައި ދެކޭށެވެ. ބައްޕަގެ ކޮންމެ ކާމިޔާބީއަކީ ދަރިފުޅު ވާދަކުރަންވީ ކަމެއްކަމުގައި ދެކޭށެވެ. ބައްޕަގެ ކޮންމެ ނާކާމިޔާބީއަކީ ދަރިފުޅުގެ ތަޖްރިބާއެއްކަމުގައި ދެކޭށެވެ. ބައްޕައަށް ކުރެވުނު ކޮންމެ ކުށަކީ ދަރިފުޅަށް ހުރި ޢިބްރަތެއްކަމުގައި ދެކޭށެވެ. ބައްޕަގެ ކޮންމެ ހެޔޮ އަމަލަކީ ދަރިފުޅަށްވާ ނަމޫނާއެއް ކަމުގައި ދެކޭށެވެ. ދަރިފުޅަށްޓަކައި ބައްޕަގެ ވަގުތާއި ނަސޭހަތް އަބަދުވެސް ދީލަތިވެގެންވެއެވެ. ދަރިފުޅު އެދޭ އެދުމަކަށް ބައްޕަގެ ހިތް އަބަދުވެސް ދަހިވެތިވެގެންވެއެވެ. ދަރިފުޅަށްޓަކައި ބައްޕަގެ މަޖިލިސް އަބަދުވެސް ތަނަވަސް ވެގެންވެއެވެ. ﷲ އިރާދަކުރެއްވިއްޔާ ދަރިފުޅު އެދޭ ކޮންމެ ކަމަކަށް ބައްޕަ މަރުހަބާ ކިޔާނީ ހިތުގެ ލޯތްބާއި އުފަލާއިއެކުއެވެ. ﷲ ދެއްވި މިންވަރަށް ރުހިގެންވާ ހާލުގައެވެ.
ދަރިފުޅާއެވެ! މިދުނިޔޭގައި އުޅޭއިރު އެންމެ ބާރަށް ހިފަހައްޓަންވީ ﷲގެ ދީނުގައެވެ. ތަބަޢުވާންވީ އެކަލާނގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްކެވި މަގަށެވެ. މިދުނިޔޭގައިވާ ކޮންމެ ކަމަކާއި އެއްޗަކަށްވުރެ ބޮޑަށް ލޯބިކުރަންވީ ﷲ އަށާއި އެކަލާނގެ ރަސޫލާއަށެވެ. ކޮންމެ ހާލަތެއްގައިވެސް ﷲ ހަދުމްކޮއް ޝުކުރުވެރިވާށެވެ. ދަރިފުޅު ކުރާ ކޮންމެ ކަމެއްގައި އެކަލާނގެ ރަސޫލާއަށް ޢިޤްތިދާވާށެވެ. މިދުނިޔޭގައި އުޅޭއިރު އިސްލާމީ ތަޤްވާއިން ދަރިފުޅު ޢިއްޒަތްތެރިވާށެވެ. އިސްލާމީ ފޭރާމުން ޢިއްފަތްތެރިވާށެވެ. އިސްލާމީ އަޙްލާޤުން ޒީނަތްތެރިވާށެވެ. އިސްލާމީ ލަދުވެތިކަމުން އަބްރްވެރިވާށެވެ. އިސްލާމް ޢިލްމުން ހިލްމްވެރިވާށެވެ. ކޮންމެ ހާލަތެއްގައިވެސް ކެތްތެރިވެ އިސްލާމީ ދިރިއުޅުމަކަށް އަހްލްވެރިވާށެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭހުށީ އޭރުންނެވެ.
ދަރިފުޅާއެވެ! މިދުނިޔޭގައިވާ އެހެން ހުރިހާ އެންމެންނަށް ވުރެ ބޮޑަށް ދަރިފުޅަށް ޝައުޤުވެރިވާނޭ ފަރާތެއްވެއެވެ. އެއީ ޝައިތާނާއެވެ. އޭނާ ދަރިފުޅަށް ނުފެނުނު ކަމުގައިވިޔަސް އޭނާ އަބަދުވެސް ދަރިފުޅުގެ ވަށައިގެން ވާކަން ހަމަ ކަށަވަރެވެ. ދަރިފުޅު އޭނާއަށް ރައްކާތެރިވާށެވެ. ދުނިޔޭގެ ދަޅަތަކާއި ވިޔާނުދާ އަމަލްތަކުން ދަރިފުޅު ހައްލަން އޭނާ މަސައްކަތްކުރާނެއެވެ. ޒަމާނީ ރައްޓެހިންނާއި ރީތި ފެޝަންތަކުންނާއި ދުނިޔަވީ ކުޅިވަރުތަކުން އޭނާ ދަރިފުޅަށް މިދުނިޔެ ޒީނަތްތެރިކޮށް ދައްކަން މަސައްކަތްކުރާނެއެވެ. އެހެނަސް ނަމަނަމަ އޭނާއަށް ދަރިފުޅު ނުހެއްލޭށެވެ. މިދުނިޔޭގެ ޒީނަތަކީ އަވާމެންދުރެއްހެން ފިލާދަނިވި ހިޔަންޏެއް ކަހަލަ ކަމެކެވެ. މިދުނިޔޭގެ ޒީނަތްތެރިކަމަށް ދަރިފުޅުގެ ނަފްސް ވިއްކާނުލާށެވެ. މިދުނިޔޭގެ އަރާމަށް ދަރިފުޅުގެ ހަށިގަނޑު ފަރިތަ ނުކުރާށެވެ. މިދުނިޔޭގެ އުފާތަކަށް ދަރިފުޅުގެ ހިތް ޙަލާސް ނުކުރާށެވެ. މިދުނިޔޭގެ އޮޔާއި ވަޔަށް ދަރިފުޅުގެ ސިކުޑި ދޫކޮއްނުލާށެވެ. އިސާހިތަކު މިދުނިޔޭގެ ދައުރު ނިންމާފައި ދަރިފުޅުގެ ވެރި ރަސްކަލާނގެއާ ބައްދަލުކުރަން ޖެހިދާނެއެވެ. އެދުވަހުން ދަރިފުޅު މިދުނިޔޭގައި ކުރި ހެޔޮ އަމަލަކުން ނޫނީ ފައިދާއެއް ނުކުރާނެއެވެ.
ދަރިފުޅާއެވެ! މިދުނިޔޭގައިވާ ދިރުންހުރި ކޮންމެ އެއްޗެއްގެ މައްޗައް ހިގާ “މަރު”ގެ ޤާނޫނު ބައްޕަގެ މައްޗަށްވެސް ހިގައެވެ. ބައްޕައެއްކަމަކުވެސް އެއިން ބަރީޢަވެވޭނެ ގޮތެއް ނޯންނާނެއެވެ. ﷲގެ އަމުރުފުޅު އަތުވެއްޖެނަމަ އެކަމަކަށް ލަހެއްފަހެއް ނުވެއެވެ. ދެއްކޭނެ ހުއްޖަތެއް ނޯންނާނެއެވެ. މިދުނިޔޭގައި އެއްދުވަހު އުޅެފިނަމަ އަނެއްދުވަހު އުޅެވޭނެކަމުގެ ޔަގީންކަމެއް އެއްވެސް މީހަކަށް ނޯންނާނެއެވެ. މަރު އައިސް ގޮވާލާނެ ވަގުތެއް ނޭގޭނެއެވެ. އެހެންކަމުން ދަރިފުޅު އަބަދުވެސް މަރަށް ތައްޔާރުވެގެން ހުންނާށެވެ. އެދިގު ދަތުރަށްޓަކައި ފޮށިތަންމަތި ބަނދެގެން ހުންނާށެވެ. އެފޮއްޓަށް އަޅާ އަންނައުނަކީ ދަރިފުޅުގެ ހެޔޮ އަމަލްތައްކަމުގައި ހަދާށެވެ. އެދަތުރުގެ ކާނާއަކީ ދަރިފުޅުގެ ތަޤްވާވެރިކަންކަމުގައި ހަދާށެވެ.
ދަރިފުޅާއެވެ! ބައްޕަ މިވާހަކަތައް މިލިޔަނީ ދަރިފުޅަށް ނަންކިޔުމުގެ ކަންތަކުން އަވަދިވެގެން، ދަރިފުޅަށް އަށް ވަނައަށްވީ ދުވަހުއެވެ. ނަމަވެސް ﷲ ރުއްސެވިއްޔާ ކޮންމެ ދުވަހަކީ ބައްޕަގެ ނަސޭހަތް ދަރިފުޅަށް ލިބޭނެދުވަހެކެވެ. ދަރިފުޅު ފުރާފުރިހަމަވެ މިލިޔުން ކިޔާފުމަށްދާންދެން ވެސް މިދުނިޔޭގައި ބައްޕައަށް ހުރެވޭނެކަމީ ޔަގީންކަމެއްނޫނެވެ. އެހެންނަމަވެސް ބައްޕަގެ އެދުމަކީ ދަރިފުޅު ބައްޕަގެ ނަސޭހަތްގަބޫލުކުރުމެވެ. ބައްޕަ މިހުރި މާތް އިސްލާމްދީނުގެ މަތީގައި ދަރިފުޅުގެ ފައިތިލަ ރަގަޅަށް ޘާބިތުކުރުމެވެ. ބައްޕަގެ ހެޔޮ ދުޢާ އަބަދުވެސް ދަރިފުޅާއި އެކު ވާނޭކަމަށް ޔަގީންކުރާށެވެ. ބައްޕަ މިލިޔުން ނިންމާއިރު އެންމެ ފަހު ވަސިއްޔަތެއްގެ ގޮތުގައި ދަރިފުޅަށް ވަސިއްޔަތެއް ކުރަން ބޭނުމެވެ. އެއީ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ އެންމެ ފަހު ވަސިއްޔަތެއްގެ ގޮތުގައި އެކަލޭގެފާނުގެ އުއްމަތައް ކުރެއްވި ވަސިއްޔަތެވެ. ލޯބިވާ ދަރިފުޅާއެވެ! ނަމާދަށް ރައްކާތެރިވާށެވެ! ނަމާދަށް ރައްކާތެރިވާށެވެ! ނަމާދަށް ރައްކާތެރިވާށެވެ!
Sunday, July 24, 2011
2nd TP..
Second TP of Diploma in Teaching Dhivehi Language Course started on today..
I m going Imaaduddin School to Teach..
I m wishing all the best to the Student-Teachers of my Dip.DLT 2011 class
Thursday, July 21, 2011
FIFA WORLD CUP QUALIFICATION 2011
IRAN vs MALDIVES
23rd July 2011, 19:30 (local Time)
The final 23-player squad of MALDIVES:
1. Mohamed Umair
2. Mukhthar Naseer
3. Assad Ali
4. Ahmed Saeed (Ammaty)
5. Ibrahim Fazeel (Oppo)
6. Sobah Mohamed
7. Mohamed Arif (Bakaa)
8. Ahmed Thoriq (Tom)
9. Akram Abdul Ghanee
10. Ali Ashfaaq (Dhagey)
11. Abdullah Haneef (Benjo)
12. Mohamed Jameel (Jambe)
13. Assad Abdul Ghanee
14. Mohamed Faisal
15. Shamveel Qasim (Bonda)
16. Imran Mohamed
17. Ali Fasir
18. Fairooz Adam Sameer
19. Adam Lareef
20. Ahmed Abdulla (Lily)
21. Ahmed Athif
22. Ismail Mohamed (Issey)
23. Shafiu Ahmed
23rd July 2011, 19:30 (local Time)
The final 23-player squad of MALDIVES:
1. Mohamed Umair
2. Mukhthar Naseer
3. Assad Ali
4. Ahmed Saeed (Ammaty)
5. Ibrahim Fazeel (Oppo)
6. Sobah Mohamed
7. Mohamed Arif (Bakaa)
8. Ahmed Thoriq (Tom)
9. Akram Abdul Ghanee
10. Ali Ashfaaq (Dhagey)
11. Abdullah Haneef (Benjo)
12. Mohamed Jameel (Jambe)
13. Assad Abdul Ghanee
14. Mohamed Faisal
15. Shamveel Qasim (Bonda)
16. Imran Mohamed
17. Ali Fasir
18. Fairooz Adam Sameer
19. Adam Lareef
20. Ahmed Abdulla (Lily)
21. Ahmed Athif
22. Ismail Mohamed (Issey)
23. Shafiu Ahmed
Subscribe to:
Posts (Atom)