ސަމާސާ އަދަބު:
މަޖަލަށް ކުރި ދަތުރު . . .
ލިޔުނީ: މުޙައްމަދު ޝާހީން
ކޮންމެ
އަހަރެއްގެވެސް ބޮޑުބަންދު ޗުއްޓީއަކީ މަސައްކަތުގެ ބުރަ މާޙައުލުގައި ހޭބޯނާރާ،
އަވަދިނެތި މަސައްކަތް ކުރުމަށްފަހު ލިބޭ އުފާވެރިކަމުގެ ދުވަސްތަކެކެވެ. ރައްޓެހި
ރަޙުމަތްތެރިން އެއްތަންވެ، ސަޅިބައިސާ ކެނޑުމުންނާއި، ތަފާތު ކެއުންތަކަށް
އިންސާފުކުރުމުން އުފާލިބިގަންނަ ދުވަސްވަރެއްވެސް މެއެވެ. ސިކުނޑި ތާޒާ ކޮށްލާ
ހަމަޖެހިލުމަށްޓަކާ މިދުވަސްވަރު އެކިމީހުން އެކިކަހަލަ ކަންތައްތައް ރާވާ
ހަދައެވެ.
ކޮންމެ އަކަސް މިދިޔަ
އަހަރުގެ ބޮޑުބަންދު ޗުއްޓީގެ މިދެންނެވުނު ދުވަސްވަރު އައުމާއެކު، ކުރިން
މިދެންނެވުނުފަދަ ޕްލޭންތައް ރާވަން ފަށައިފީމެވެ. އެކުވެރި