Sunday, August 5, 2012

Kuru vaahaka "Nihaal"

ނިހާލް

ލިޔުނީ: ފާތިމަތު ނަޒީފާ (ގްރޭޑް 9/ އދ.ކުނބުރުދޫ ސްކޫލް)

       ނިހާލްގެ ލޮލުން އަދު ފޫދެމުން އެދާ ކަރުނައިން އޭނާގެ މާޒީގެ ކަޅު ސަފްޙާތަކުގައިވާ ނުތާހިރުކަން ދޮވެ ސާފުކޮށްލަން އުޅޭ ކަހަލައެވެ. މިހަމަހިމޭން ދަންވަރު އަރާމު ތަންމަތީގައިވެސް ނޯވެ، ގޯތިތެރޭގައިވާ އުނދޯލީގައި އޮށޯއްވެލައިގެން، އުޑަށް ނަޒަރު ހުއްޓާލައިގެން އޮތްއިރު އޭނާގެ މާޒީ ސިފަވާކަހަލައެވެ.