Monday, November 21, 2011

My new Story "Nethidhiumahfahugae" now on www.fanvai.info

Nethidhiumah fahugae 2


ނެތިދިޔަފަހުންނެވެ...
(ދެވަނަ ބައި)

ލިޔުނީ: މުޙައްމަދު ޝާހީން (ޝާންޓޭ)


             އެރޭ އީނާޝްއާ ބައްދަލުކުރުމަށްފަހު ހައިޝަމް ގެއަށް އައިއިރު އޭނާއަށް ގޮތްނޭނގޭ ވަހުމްތަކެއް ކުރެވި އެތައް ސުވާލުތަކަކުން ސިކުނޑިއަށްވަނީ ބަރުވެފައެވެ. ކުރިން ގެއިން ލިބެމުންއައި ނުތަނަވަސް ކަމުގެ ބަދަލުގައި މިހާރު އެހެން ނުތަނަވަސްކަމެއް އިތުރުވެއްޖެއެވެ. ހައިޝަމް އަށް ތަކުރާރުކޮށް ވިސްނެމުންދިޔައެވެ. އީނާޝްއާ ފުރަތަމަ ވާހަކަ ދެއްކި ދުވަހު އީނާޝް ދެއްކި އާދަޔާ ޚިލާފު ވާހަކަތަކާމެދުގައެވެ. ރައްޓެހިވެގެން މިވީ ދުވަސްކޮޅުގެ ތެރޭގައި ކަންތައް ވަމުން އައި އާދަޔާ ޚިލާފު ގޮތްތަކާމެދުއެވެ. ފުރަތަމަ 

Saturday, November 19, 2011

SAFF CHAMPIONSHIP 2011

SAFF CHAMPIONSHIP 2011 / INDIA
2nd December 2011

Match Schedule


Friday, November 18, 2011

Ma'aaf 2


މަޢާފް
( ދެވަނަ ބައި )
ލިޔުނީ: ޔުމްނާ ރަޝާދު ( ބ. މާޅޮސް )             
                            

   މޫސަ އައިސް އެންމެ ފުރަތަމަ ވާހަކަދެއްކީ ނަޢުޝާދު އާއެވެ. "މީގެފަހުން މަގޭ ދަރިފުޅާއެކު ހުއްޓައި ފެނިއްޖެނަމަ ދުވަސް ދުއްވާލާނަން. ހަނދާންކުރާތި! އަދި ނިރާޝާއަކީ ނަޢުޝާދުގެ ހަޔާތުގައި ދިމާވެފައިވާ މީހެއްކަންވެސް ހަނދާން ނައްތާލުން ބުއްދިވެރި." މިހެންބުނުމަށްފަހު ނިރާޝާގެ އާދޭސްތަކަށް ބީރުކަންފަތެއްދެމުން، މޫސަ އޭނާގެ ހުރި ހަމައެކަނި ދަރިފުޅުގެ އަތުގައިހިފާ ރަނބިކޫއްތަމުން ކަހަލަގޮތަކަށް ގެންގޮސް ގެއަށް ވެއްދިއެވެ.
 އެދުވަހަށްފަހު ދެމީހުންގެ ބައްދަލުވުންތައް މުޅިންހެން މެދުކެނޑިގެން ދިޔައެވެ. އެހެންނަމަވެސް ފޯނުގެ އެހީގައި ދެމީހުންވެސް އެކަކު އަނެކެއްގެ ހާލުއަހުވާލު ބަލަމުން ގެންދެއެވެ. ކެމްޕެއިންގެ ފޯރި ގަދަވަމުން ދިޔަ ދުވަސްވަރެވެ. މޫސައާއި ޒާހިޔާ ލ. އަތޮޅަށް ދިޔުމުގެ ތައްޔާރީތައް ވަމުންދިޔައެވެ. އެހެންނަމަވެސް ނިރާޝާ 

Monday, November 14, 2011

Vafaatheri Beyvafaatheriyaa


ވަފާތެރި ބޭވަފާތެރިޔާ


ނޯޓް: މިއީ ދިވެހިބަސް ކިޔަވައިދިނުމުގެ ޑިޕްލޮމަރ ކޯސް 2011 ގެ ދަރިވަރުން ކުލާހުގައި ގްރޫޕްތަކުގައި ކުރި މަސައްކަތުގެ ތެރެއިން، ގްރޫޕަކުން ލިޔެފައިވާ ވާހަކައެކެވެ.

             ދުވަހުގެ އިރު ފެނުން ތޮޅިލުމާއެކު އެންމެން މަސައްކަތައިގެން ހޭލަމޭލަވާންފެށިއެވެ. ގޯތިތެރެ ސާފުކޮށް ޒީނަތްތެރި ކުރުމުގެ މަސައްކަތްތައް ކެނޑިނޭޅި ކުރެވެމުން ދިޔައެވެ. ކައިވެނީގެ ހަފްލާއަށް ގެ ތައްޔާރު ކުރެވެމުން ދިޔައިރު ރީމާގެ ހިތުގެ ވިންދުވަނީ އަވަސްވެފައެވެ. ހެނދުނުއްސުރެ އޭނާއަށް އިންތިޒާރު ކުރެވެމުންދަނީ އެވަގުތަށެވެ. ދާއިމަށް ނިޔާޒުގެ ހިމާޔަތުގެ ދަށަށް ދާނޭ ހިނދުކޮޅަށެވެ. އެހަށިގަނޑުގެ ހޫނުން ހިތާއި މެއަށް ދިރުން ގެނެސްދޭނޭ ދުވަސްތަކެއްގެ ފެށުމަށެވެ. އާދެހެވެ. ކައިވެނީގެ ހަފްލާއަށެވެ.
             އެދުވަހުގެ އިރު ދުނިޔެއަށް އަލްވަދާއުކީ ރީމާއާއި ނިޔާޒުގެ ހަޔާތުގެ އާސަފްހާއެއް ފަށައިދެމުންނެވެ. ދެމަފިރިންގެ ގޮތުގައެވެ. ކައިވެނީގެ މިއުފަލުގައި ބޭއްވި ހަފްލާ ވެގެން ދިޔައީ ދެމީހުންގެ މިއާހަޔާތުގެ، އާފެށުމަށް ގެނުވި އުފާވެރިކަމަކަށެވެ. 

Friday, November 11, 2011

Nethidhiya fahunneve.


ނެތިދިޔަފަހުންނެވެ...

(ފުރަތަމަ ބައި)


ލިޔުނީ: މުޙައްމަދު ޝާހީން (ޝާންޓޭ)

            އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އޮއްސެންދަނީއެވެ. މިފަދައިން ތަކުރާރުކޮށް ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން ދާނެއެވެ. އިރުގެ ގަދަ އަލިކަން ފަނޑުވެ ދުނިޔެއަށް އަނދިރިކަން ވެރިވަނީއެވެ. ނަމަވެސް ހައިޝަމްގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލެއް ނާދެއެވެ. އެއެކަނިވެރިކަމާއި މާޔޫސްކަމެވެ. ހާސްކަމާއި ނުތަނަވަސްކަމެވެ. އާދައިގެ މަތީން މިއަދުވެސް ހައިޝަމް އެއިނީ، އޮއްސެމުންދާ އިރާއެކު، އުދަރެހަށް އަރާފައިބަމުން އެދާ ކުލަތަކާއި، ސާފުމޫދަށް ގެނުވާ ރަންދޯދީގެ ޖަރީކަމާއި، ޖެހޭ ހިތްގައިމު ވައިރޯޅީގެ ބީހުންތަކާއި، ގަސްގަހާގެހީގެ ހެލުންތަކުން އުފައްދަމުންދާ ހަމަހިމޭން މިއުޒިކުގެ އަޑުން ހިތްހަމަޖެހުން ހޯދުމަށް ސާފު ދޮންވެލި ތުނޑީގައި 

JUMHOOREE DHUVAS 2011

11 / 11 / 11
11 / 11 / 11
ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުމާ ތަޙުނިޔާ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް

 މުޙައްމަދު ނަޝީދަށާއި، އެންމެހާ ލޮބުވެރި ދިވެހި ރައްޔިތުންނަށް އަރިސް ކުރަން

Thursday, November 10, 2011

Ma'aaf 1

މަޢާފް
( ފުރަތަމަ ބައި )

ލިޔުނީ: ޔުމްނާ ރަޝާދު ( ބ. މާޅޮސް ) 
            
 ބުރުހަމަ ހަނދާއި ތަރިތަކުގެ ރިހި ދޯދިން ދުނިޔެ ގިރިޓީ ކުރަމުންދަނީ ކަނޑުގެ ލޮނުގަނޑުގައި ރިހި ދޫލައެއް އަޅަމުންނެވެ. ޖެހެމުންދާ މަޑުމަޑު ވައިރޯޅިއާއެކު ގޮނޑުދޮށަށް ބީއްސަމުންދާ ރާޅުތަކުގެ މިޔުޒިކުގެ އިތުރުން، މުޅި މާހައުލުގައިވާ ފަތްތަކުގައި ލުއިލުއި ނެށުމެއް އުފައްދާފައިވެއެވެ. އެހެންނަމަވެސް ރުއްފާތެރޭގައި ހުރި ޖޯލިފަތީގައި އިށީންދެއިން ޒާހިޔާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުން އެއީ ކޮންމެވެސްކަހަލަ ބޮޑު މުސީބާތެއް ދިމާވެފައިވާ މީހެއްކަން ހާމަވަމުންދާ ކަހަލައެވެ.
 އެއީ މީގެ ތިރީހަކަށް އަހަރު ކުރިއެވެ. މޫސައާއެކުގައި ތަނަވަސް އުފާވެރި ދިރިއުޅުމެއް އުޅެމުންދިޔަ ދުވަސްތަކެކެވެ. ޒާހިޔާއަކީ އެންމެ ޅައުމުރުން ފެށިގެންވެސް ތަނަވަސް ދިރިއުޅުމަކަށް ލޯބިކުރާ އަދި އެފަދަދިރިއުޅުމެއްގެ އިންތިޒާރުގައި ހުރި މީހެކެވެ. މާލޭގެ އެންމެ ފާހަގަކޮށްލެވޭ މަދަރުސާތަކުން ތަޢުލީމު ހާޞިލުކުރުމަށްފަހު 

Sunday, October 23, 2011

Saturday, October 22, 2011

FINAL EXAM TT

FINAL EXAM TIME TABLE of Dip.DLT 2011 (MNU)


30th OCT 2011
08:30 - 11:30  ( 3 hour )
DHI107   (Adam Zahir)

31st OCT 2011
13:00 - 15:30  ( 2.5 hour )
CST247  (Hameeza Afeef)

01st NOVEMBER 2011
08:30 - 11:00  ( 2.5 hour )
EST103   (Sharudha)


(Soft copy of Time Table available to download in "LAIBRARY" page.)